ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު "ފަންނު އެކްސްޕޯ 2019" ގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މައުރަޒުގައި ބައިވެރިވުމަށް ފޯމް ހުށެހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ސެޕްޓެމްބަރު 30 ކަމަށެވެ.

އެ މައުރަޒުގައި ޖުމްލަ 77 ކެޓަގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއީ ތަފާތު އެކި އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ނޮވެމްބަރު މަހުގެ 22 އިން އެމަހުގެ 28 ގެ ނިޔަލަށް އެ އެކްސްޕޯ ބާއްވަން ނިންމާފައިވާއިރު، މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް އެކްސްޕޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.