ރައްޔިތުން އިންޓަނެޓްއަށް ކުރަން ޖެހޭ ހަރަދު ކުޑަނުކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ އެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެެއެވެ.

އުރީދޫގެ އޮންލައިން ޕްލެޓްފޯމް "މޫލީ" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި ނުލިބޭ ނަމަ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރިއަށް ނުދެވޭނެ ކަމަށެވެ. އަދި މީހުން ބިނާ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު އިތުރަށް ފުޅާކޮށް އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަށް އިންވެސްޓު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު، މީހުން ބިނާ ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން، އެކަމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ތަކުން ވަރަށް މުހިއްމު ދައުރެއް އަދާކުރޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ޓެކްނޮލޮޖީ ކުރިއެރުވުމަށް ފަހި ބާޒާރެއް ކަމަށާއި، އެކަން ކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ހުންނެވި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.