ބޮލުގައި އުކުނު އަޅާނަމަ، ބޯކެހުމާއި ބިހިނެގުންފަދަ އަލާމާތްތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޓީ ޓްރީ އޮއިލް ބޭނުންކުރުމެވެ. އޭގައި އެކުލެވިގެންވާ އިންސެކްޓިސައިޑަލް އަދި އެންޓިމައިކްރޯބިއަލް މާއްދާތަކުގެ ސަބަބުން ޓީ ޓްރީ އޮއިލް އަކީ ބޮލުގައި އުކުނު ފެތުރުން ހުއްޓުވައިދޭ އެއްޗެކެވެ. ތިރީގައި މިވަނީ އުކުނުން ސަލާމަތްވުމަށް ޓީ ޓްރީ އޮއިލް ބޭނުންކުރުމުގެ ފައިދާތަކެވެ.

އުކުނު އެޅުން ހުއްޓުވައިދޭ

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޓީ ޓްރީ އޮއިލް އަކީ ޅައިރު އާއި ބޮޑުވާ ފަހުންވެސް އުކުނު މަރާދޭ އެއްޗެކެވެ. މީގެ އިތުރުން ޓީ ޓްރީ އޮއިލް އަކީ އުކުނު ބިސް އަޅާ މިންވަރުވެސް މަދުކޮށްދޭ އެއްޗެކެވެ.

އުކުނު ނައްތާލަދޭ

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި 1% ޓީ ޓްރީ އޮއިލް ސޮލިއުޝަން އިން މުޅި ބޮލުގައި އަޅާފައިވާ އުކުނު ނައްތާލަދެއެވެ. އެހެންނަމަވެސް މާބޮޑު ކޮންސެންޓްރޭޝަންގެ ޓީ ޓްރީ އޮއިލް ބޭނުންކުރުމަކީ ގިނަ ސައިޑް އިފެކްޓްތަކަކަށް މަގުފަހިކޮށްދޭނެ ކަމެއްކަން ހަނދާންކުރަން ޖެހެއެވެ.

އިސްތަށީގެ މޫތައް ނަރިޝްކޮށްދިނުން

ޓީ ޓްރީ އޮއިލް އަކީ ހެއާ ފޮލިކަލްތައް ބްލޮކްވުން ހުއްޓުވައިދީ، މޫތައް ނަރިޝްކޮށްދިނުމުގެ އިތުރުން އިސްތަށި ފެޅުމާއި ދިގުވުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ޤުދުރަތީ ޝިފާއެއް

ޓީ ޓްރީ އޮއިލްގައި އެކުލެވިގެންވާ ފަސޭހަކޮށްދޭ މާއްދާތަކުގެ ސަބަބުން އުކުނުގެ އަލާމާތްތައް ރަނގަޅުވާ މިންވަރު އަވަސްކޮށްދެއެވެ. އަދި ބޮލުގެ ތަލަ ކުރިން ހުރިގޮތަށް ދުޅަހެޔޮކޮށްދެއެވެ.

އުކުނުގެ ފަރުވާއަށް ޓީ ޓްރީ އޮއިލް ބޭނުންކުރާނެ ގޮތް

1. 3 މޭޒުމަތީ ސަމުސާ ކާށި ތެލާއި، 1 ސައިސަމުސާ ޕެޕާމިންޓް އޮއިލް އަދި 1 ސައިސަމުސާ ޓީ ޓްރީ އޮއިލް އެއްކޮށްލާށެވެ.

2. އެއްކުރި ތެލުން އިސްތަށިގަނޑު ރަނގަޅަށް މަސާޖުކުރާށެވެ. އެއަށްފަހު ހިމުން ދަތްހުރި ފުނަލަކުން މަޑުމަޑުން އިސްތަށިގަނޑުގައި ފުނާއަޅާށެވެ.

3. ދެ ގަޑިއިރު ވަންދެން ތެޔޮ ލާފައި ބަހައްޓާށެވެ. އެއަށްފަހު އިސްތަށިގަނޑުގައި ފުނާއެޅުމަށްފަހު، ހުރިހާ ތެލެއް ފިލާނެހެން ރަނގަޅަށް ދޮންނާށެވެ.

4. އިސްތަށިގަނޑު ވީހާވެސް ބޮޑަށް ތެތްކުރުމަށްޓަކައި، 1 ޖޯޑު ފެނާއި 2 ޖޯޑު އެޕަލް ސައިޑާ ވިނެގާ އެއްކުރުމަށްފަހު ހާކާށެވެ. ބޭނުންނަމަ މި ސޮލިއުޝަން ބޮލުގައި ލުމަށްޓަކައި ހެއާސްޕްރޭ ފުޅިއެއް ބޭނުންކުރެވިދާނެ އެވެ. އަދި އެއަށްފަހު އަނެއްކާވެސް އިސްތަށިގަނޑު ދޮވެފައި، ފުނާއަޅާށެވެ.

5. އިސްތަށިގަނޑުގައި ކާށިތެޔޮ ލުމަށްފަހު ބަހައްޓާށެވެ. ހުރިހާ އުކުނަކާއި ބިހެއް މަރުވިކަން ޔަޤީންކުރުމަށްޓަކައި، އެއް މަސް ދުވަސް ވަންދެން ހަފްތާއަކު އެއްފަހު މިގޮތަށް ކަންތައް ކުރާށެވެ.

ބޭނުންނަމަ އުކުނު ނައްތާލުމަށްޓަކައި ޝޭމްޕޫ އަށްވެސް ޓީ ޓްރީ އޮއިލް އެޅިދާނެއެވެ.

ކުޑަކުދިންނަށް ޓީ ޓްރީ އޮއިލް

ޓީ ޓްރީ އޮއިލް އަކީ އެހެނިހެން ތެޔޮތަކާއި އެއްކުރިނަމަވެސް ވަރަށް ބާރުގަދަ އެއްޗެކެވެ. އެހެންކަމުން އުމުރުން ހަ މަހަށްވުރެ ކުޑަކުދިންގެ ހަންގަނޑުގައި ޓީ ޓްރީ އޮއިލް ބޭނުންކޮށްގެން ނުވާނެ އެވެ. އަދި ހަ މަހުން މަތީގެ ކުދިން ޓީ ޓްރީ އޮއިލް ބޭނުންކުރާނަމަ، ބޭނުންކުރުމުގެ ކުރިން ފުރަތަމަ އެލާޖިކް ވޭތޯ ޓެސްޓްކުރާށެވެ.

ނޯޓް: ޓީ ޓްރީ އޮއިލް ސީދާ އިސްތަށިގަނޑު ނުވަތަ ހަންގަނޑުގައި ނުލާށެވެ. އޭގެ ބާރުގަދަކަމުން ހަން އެނދުމަކީ އެކަށީގެންވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.