ގަދަ، އަސްލު ރީނދޫ ހުންނަ ލުނބޯއިން ފަށައިގެން މަޑު އޮރެންޖު ކުލައެއް ހުންނަ ކެންޓަލޫޕްއާއި ހަމައަށްވެސް ރީނދޫ ކުލައިގެ މޭވާތަކަކީ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިން ސީ އިން ފުރިގެންވާ މޭވާތަކެވެ. ވިޓަމިން ސީގެ އިތުރުން ރީނދޫ މޭވާތަކުގައި ފްލެވޮނޮއިޑްސް އާއި ލައިކޮޕީން އާއި ޕޮޓޭސިއަމް އަދި ބީޓާ-ކެރޮޓީންވެސް އެކުލެވިގެންވެއެވެ. މި ނިއުޓްރިއެންޓްތަކަކީ ދުޅަހެޔޮ ކަށި، ހަންގަނޑު އަދި ދަތް އުފެދުމުގައި މުހިންމު ރޯލެއް އަދާކުރުމުގެ އިތުރުން ހިތާއި ހަޖަމުގެ ނިޒާމްގެ އިތުރުން ދިފާޢީ ނިޒާމްވެސް ވަރުގަދަކޮށްދޭ މާއްދާތަކެކެވެ.
ބައެއް ރީނދޫ މޭވާތަކުގެ ލިސްޓެއް
- ލުނބޯ
- ރީނދޫ އާފަލު
- ރީނދޫ ވައްތީނި
- ރީނދޫ ކަރާ
- އަނބު
- އަލަނާސި
- ރީނދޫ ޕެއާސް
- ރީނދޫ ނެކްޓަރައިން
- ޕާސިމަން
- ކޭޕް ގޫސްބެރީސް
- ރަން ކިވީ
- ކެންޓަލޫޕް
- ދޮންކެޔޮ
- ބަންބުޅަ ބޮސް
- އެޕްރިކޮޓް
- ޕީޗް
- ފަޅޯ
- ކާމަރަނގަ
ރީނދޫ މޭވާތަކުން ލިބޭ ބައެއް ފައިދާތައް
- މި މޭވާތަކުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީ އަކީ ދިފާޢީ ނިޒާމަށް ފައިދާހުރުމުގެ އިތުރުން ކޮލާޖެން އުފެއްދުމުގައި ހަންގަނޑަށް އެހީތެރިވެދީ، ހަންގަނޑު ޒުވާންކަންމަތީ ދެމެހެއްޓުމަށްވެސް އެހީތެރިވެދޭ މާއްދާއެކެވެ.
- ވިޓަމިން ސީ އަކީ ދުޅަހެޔޮ ކަށި އުފެއްދުމަށް އެހީވެ، ހުޅުހުޅުތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްވެސް އެހީވެދޭ މާއްދާއެކެވެ.
- ރީނދޫ މޭވާތަކުގައި ހުންނަ ބީޓާ-ކެރޮޓީން އިން ލިބޭ ވިޓަމިން އޭ އަކީ ލޮލުގެ ސިއްޙަތަށް މުހިންމު ވިޓަމިންއެކެވެ. އަދި ވިޓަމިން އޭ އަކީ މެކިއުލާ ޑީޖެނެރޭޝަންގެ ނުރައްކާވެސް ކުޑަކޮށްދޭ މާއްދާއެކެވެ.
- ރީނދޫ މޭވާތަކުގައި ހުންނަ އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކާއި ހަނގުރާމަކުރުމުގައި އެހީތެރިވެދޭ މާއްދާތަކެކެވެ.
- މި މޭވާތަކަކީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލްތައް ދަށްކޮށްދީ، ހަށިގަނޑުގެ ޕީއެޗް ލެވެލް ދުޅަހެޔޮ މިންވަރެއްގައި ދަމަހައްޓައިދޭ، ހިތުގެ ސިއްޙަތަށް ވަރަށް ފައިދާހުރި މޭވާތަކެކެވެ.
- ރީނދޫ މޭވާތަކުގައި ހިމެނޭ ހުރިހާ ނިއުޓްރިއެންޓްތަކަކީ ވެސް އެކިއެކި ބަލިތަކުންނާއި ބޯން ފްރެކްޗާތައް ފަސޭހަވުމުގައި ހަށިގަނޑަށް އެހީވެދޭ މާއްދާތަކެކެވެ.
- ރީނދޫ މޭވާތަކުގައި ގިނަ އަދަދަކަށް ފައިބާވެސް ހިމެނެއެވެ. ފައިބާ އަކީ ހަޖަމުގެ ނިޒާމް ރަނގަޅަށް ދަމަހައްޓައިދީ، ލޭހޮޅިތަކުގައި ކޮލެސްޓްރޯލް ހަރުލުންވެސް މަދުކޮށްދޭ މާއްދާއެކެވެ.