ދުނިޔެ
ޕުޓިންއާއި ގާތް ޑިފެންސް މިނިސްޓަރު ބަދަލުކޮށްފި

ރަޝިޔާގެ ރައީސްކަމުގެ ފަސް ވަނަ ދައުރަކަށް ދާދި ފަހުން އިންތިހާބުވެވަޑައިގަތް ވްލަޑިމިއާ ޕުޓިންއާއި އަރިސް ޑިފެންސް މިނިސްޓަރު ސަރްގެއޭ ޝޮއިގޫ ބަދަލުކުރައްވައިފި އެވެ.

ޝޮއިގޫގެ ބަދަލުގައި މި މަގާމަށް އިސްކުރައްވާފައިވަނީ އަސްކަރީ ތަޖުރިބާއެއް ލިބިފައިނުވާ އިކޮނޮމިސްޓެއް ކަމުގައިވާ އަންޑްރޭ ބެލޫސޮވް އެވެ. ބެލޫސޮވްއަކީ ރަޝިޔާގެ ކުރީގެ ފުރަތަމަ ނައިބު ބޮޑުވަޒީރެވެ.

“މިއީ ހަމައެކަނި އާންމު މީހެއް ނޫން، އެކަމަކު ވަރަށް ކާމިޔާބުކަމާއެކު ރަޝިޔާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްވެރިއެއް، ގިނަ ދުވަސްތަކެއް ވަންދެން އިގްތިސާދީ މައްސަލަތަކުގައި ރައީސްގެ އެހީތެރިއެއް، އަދި މީގެ ކުރިން ސަރުކާރުގެ ކެބިނެޓްގެ ފުރަތަމަ ޑެޕިއުޓީ ޗެއާމަންގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެއް ” ރަޝިޔާ ސަރުކާރުން ބުނެފައި ވެއެވެ.

ރަޝިޔާ ސަރުކާރުން ބުނީ ޝޮއިގޫ ޑިފެންސް މިނިސްޓަރުކަމުން ވަކިކުރެއްވިޔަސް އޭނާއަށް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލުގެ ސެކްރެޓަރީ ކަމުގެ މަގާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޝޮއިގޫ ހުންނަވާނީ ރަޝިޔާގެ މިލިޓަރީ-އިންޑަސްޓްރިއަލް ކޮމިޝަންގެ ޑެޕިއުޓީއަކަށް ވެސް މެއެވެ.

މި ހަބަރު ލިބިފައިވަނީ މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ޕުޓިން ޔޫކްރޭނަށް އަރައިގަތް ފަހުން އެގައުމުގެ އެންމެ މަތީ ފެންވަރުގެ ކޮރަޕްޝަންގެ މައްސަލައިގައި ރިޝްވަތު ނެގުމުގެ ދައުވާ އުފުލާފައިވާ ޝޮއިގޫގެ ގާތް އެކުވެރިއެއް ކަމަށްވާ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޓައިމޫރު އިވާނޯވް މިދިޔަ މަހު ހައްޔަރު ކުރުމަށް ފަހު އެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ ޓާސް އިން ބުނާ ގޮތުގައި އިވަނޯވްގެ މައްޗަށް އުފުލާފައިވަނީ އެއް މިލިއަން ރޫބަލް (މަދުވެގެން 10،800 ޑޮލަރު) ގެ ރިޝްވަތު ބަލައިގަތް ކަމުގެ ތުހުމަތެވެ.

ޝޮއިގޫ ވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން 12 އަހަރު ވަންދެން އެގައުމަށް ހިދުމަތްކުރައްވާފަ އެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top