މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫޢުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.
އެ ކުންފުންޏަށް ކަރުވަކަރު މިސްކިތް ރާވާއި ބެހެއްޓުމަށް ހަވާލު ކުރީ 2.9 މިލިއަން ރުފިޔާއަށެވެ.
މިމައްސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު މިއަދު ވަނީ ސޮއި ކުރެވިފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މުއްޠަލިބެވެ.
މަސައްކަތް ހަވާލު ކުރި ތާރީހުން ފެށިގެން 120 ދުވަސްތެރޭގައި ނިންމާ ގޮތައް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 2,967,867.86 (ދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އަށެވެ. ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިފައިވަނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމަށް ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.