ކާފަރެއްގެ ގޮތުގައި މަރުވާ މީހުންނަށް ހެޔޮ ދުޢާކުރުމެއް މާތްވެގެންވާ އިސްލާމް ދީނުގައި ނެތް ކަމަށާއި، އެއީ އިސްލާމްދީން މަނާކުރައްވާ ކަމެއް ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކާފިރެއްގެ ގޮތުގައި މަރުވާ މީހާއަކީ ތިމާގެ އާއިލާގެ މީހެއް ކަމުގައިވިނަމަވެސް އެމީހަކަށް ހެޔޮ ދުޢާކުރުން ހުއްދަވެގެން ނުވާ ކަމަށެވެ.

އަދި އާހިރަތް ދުވަހުން ސަލާމަތާއި ރައްކާތެރިކަން އޮތީ ހަމައެކަނި އިސްލާމްކަންމަތީ މަރުވާ މީހުންނަށް އެކަނި ކަމަށް ޝައިހް ވިދާޅުވެފައިވެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު، އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އަވަހާރަވުމުން ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ އެކަމަނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.

ޝުޝްމާ އަވަހާރަވެފައިވަނީ އިންޑިއާ ސަރުކާރުން ކަޝްމީރުގައި މުސްލިމުންނާއި ދެކޮޅަށް އަލަށް ހިންގަން ފެށި ޖަރީމާއަށް ތާއިދު ކުރެއްވިތާ ތިން ގަޑިއިރު ފަހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.