ވައްކަމެއް ކޮށްފައި އޮތިއްޔާ އެކަމެއް ބެލުމަށް އެއްބާރުލުންދެއްވާނޭކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރާ ގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާ ފައިވާ، ޤާނޫނު ނަންބަރު 2011/15( އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ، ބަޔަކު ވައްކަމެއް ކޮށްފައި އޮތިއްޔާ، އެކަމެއް ބެލުމަށް މަޖިލީހުގެ ހުރިހާ މެމްބަރުން އެއްބާރުލުން ދެއްވާގޮތަށް އެކަންކަމަށް އެއްބާރުލުން ދޭނެކަމަށެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އާސަންދައިގެ ތެރެއިން ބޮޑެތި ވައްކަންތަކެއް ކޮށްފައިވާކަމަށްބުނެ މަޖިލީހުގެ މެމްބަރުން އެތުހުމަތު ކުރެއްވުމުންނެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ އިޤްތިސާދީ ނާއިންސާފެއް ސަރުކާރުތަކަކުން ގެނެސްފައި އޮތުންކަމަށެވެ.

އެކަން ހައްލުކޮށްގެންނޫނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަރައްޤީޤެ ފޮނި މީރުކަން ނުލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ. 

މެމްބަރު ސައީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއަތުގެ މޭސްތިރިޔާވެސް މެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.