ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށު ފާމަސީން ޕެނެޑޯލް ގުޅައެއް ނުލިބޭ ހާލަތަށް ދިޔަކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރާ ގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާ ފައިވާ، ޤާނޫނު ނަންބަރު 2011/15( އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ވަހީދް ވިދާޅުޥީ ރައީސް ޔާމީންގެ ވެރިކަމުގައި ރަށްރަށުގައި ހުންނަ ފާމަސީތަކުން ޕެނެޑޯލް ގުޅައެއްނުލިޞޭވަރަށް ކަންތައް ދިޔަކަމަށެވެ.

"ދެން އަޅުގަނޑުމެނަށް ފެނިގެން ދިޔައީ އެބޭފުޅުންގެ މަހާރެހެނދީގެ ސޮދަޤާތު ފައުންޑޭޝަނުން އެބޭފުޅުން (ޕީޕީއެމްގެ މަޖިލީސް މެމްބަރުން) ތިއްބަވައިގެން ފޮށިފޮށީގައި ބަންދުކުރައްވައިގެން ރާއްޖޭގެ ރައްޔިތުންނަށް ޕެނެޑޯލް ބައްސަވަމުން ދިޔަތަން."

ވަހީދް ވިދާޅުވީ ފެނިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި "އާސަންދައިގެ ބަޖެޓުން ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ކޭމްޕަޝާއި ދުވާޓްރެކް (ރަސްފަންނުގެ) ހެދުމަށާއި، މިކަންކަމަށް ފައިސާ ހޭދަކޮށް ވަރަށް ބޮޑެތި ޖަރީމާތައް އާސަންދައިގެ ފައިސާއިން ވަރަށްބޮޑެތި އިސްރާފުތައް ކޮށް ވަރަށް ބޯޑެތި ވައްކަންތައް މިކަމުންވެސް ހިންގަމުންދިޔަތަން."ކަމަށެވެ.

ރާއްޖޭގެ ސިއްޚި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މާލެއަށް ބޭސްފަރުވާއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށްޓަކައި މިސަރުކާރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް އިއުލާނުކޯށްފައިވާކަމަށް ވަހީދް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.