ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވަޑައިގަތީ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އިއުތިރާފްވެވަޑައިގެންފައިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިނިސްޓަރ ނަހުލާ މަޤާމާއި ހަވާލުވުމަށްފަހު ދުވަސްތައް ހޭދަ ކުރައްވާފައިވަނީ "ހަޑި ކަންތައްތަކެއް ފިލުވުމަށް" ކަމަށާއި، މަޖިލީހަށް ވަޑައިގެން މިނިސްޓަރ ނަހުލާ ދެއްކެވީ ހަޑި ވާހަކަތަކެއްކަމަށެވެ.

"09 މަސް ވެގެން މިދިޔައީ. ބޮޑު ސިންގަހާ ވުޒާރާއެއް ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތަކެއް އެ ވުޒާރާއެއްގެ ދަށުގައި ހުރި ވުޒާރާއެއް. އެހެންނަމަވެސް ހަޑި ވާހަކަތަކެއް ދައްކަވާފަ އެވަޑައިގަތީ."

ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރަން ހަވާލުވެގެން ހުންނައިރު އެއަށްވުރެއް ޒިންމާދާރުކޮށް އަމަލުތައް ބަހައްޓަންޖެހޭކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.