އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނާތީ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ސްޓިކާ ޖަހާ މައްސަލާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ބައެއް މީހުންގެ އާދަކާދަ ހުންނަ ގޮތުން ޕާކު ކުރާނެ ޖާގަ ހުއްޓަސް އެ މީހުން ދާ ތަނެއްގެ ކުރިމަތީގައި ނޫނީ ޕާކު ނުކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެެވެ.

"ޕާކު ކުރާނެ ތަން ހުއްޓަސް، އެ މީހަކު ދާ ތަނެއްގެ ކުރިމަތީގައި ޕާކުކޮށް، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނާތީ ސްޓިކާ ޖަހަނީ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި ދިރާސާ ކުރަމުންދާ ކަމަށް ފާހަގަކޮށްލަން،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރ ނަހުލާ ވަނީ ވެހިކަލްތަކުގައު ސްޓިކާ ޖަހާނީ މާލޭގެ ކޮންތަންތަނެއްގައި ޕާކުކޮށްގެންކަންވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން  މިނިސްޓަރ ނަހުލާ ވިދާޅުވީ މި އަހަރުގެ ނިޔަލަށް މާލޭގައި 1000 އާއި 400 ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި އަދި 100 ކާރު ޕާކު ކުރެވޭނެ ޖާގަ ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި ސަރުކާރުން އަންނަނީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.