އެމްޑަބްލިޔުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ފެން ބިލު ދައްކައިގެން 5000 ރުފިޔާ ލިބޭނެ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެޕްލިކޭޝަން ބޭނުންކޮށްގެން ފެން ބިލު ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ، ނަސީބުވެރި 20 ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދޭން އެ ކުންފުނިން ވަނީ ކަނޑައަޅައިފަ އެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގައި މިމަހުގެ އެއްވަނަ ދުވަހުން އަންނަ މަހުގެ ނިޔަލަށް އެފްލިކޭޝަން މެދުވެރިކޮށް  ދައްކާ ހުރިހާ ބިލެއްވެސް ބައިވެރި ކުރުވާނެ ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ.ދުވާފަރު އަދި ހދ ކުޅުދުއްފުއްޓަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޮޝަނުގައި މަހަކު 10 ނަސީބުވެރިން ހޮވާނެ އެވެ.

އެމްޑަބްލިޔުއެސްސީގެ އެޕްލިކޭޝަން ޕްލޭސްޓޯ އަދި އެޕް ސްޓޯ އިން ޑައުންލޯޑް ކުރެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.