ކެސިނޯ އަކީ ދުވަހަކުވެސް އެބޭފުޅާ ކުޅުއްވި އެއްޗެއް ނޫން ކަމަށާއި، އެކުޅެން ނުވެސް އެނގޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެފަދައިން ވިދާޅުވެފައިވަނީ، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" ދިވެހި ރާއްޖެއިން ތަޞްދީޤުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތީ އަދި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ އޭނާ ރާއްޖޭގައި ކެސިނޯ އަޅާ ވާހަކަ ދެއްކުމުން އެކަމަކީ މާ ގޯސް ވާހަކަ އަކަށް ވެއްޖެ ކަމަށާއި، އެހެންނަމަވެސް ކެސިނޯ އަޅައިގެން ނޫނީ ރާއްޖޭގެ ޓޫރިޒަމް އިތުރު ގިންތިއަކަށް ނުގެންދެވޭނެ ކަމަށް ފެންނަކަމަށް ވާނަމަ އެވާހަކަ ދައްކާނޭކަމަށެވެ. އަދި ކެސިނޯ ކުޅެން ނުވެސް އެނގޭ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު މިއީ ކެސިނޯ ކުޅޭ މީހެއްނޫން އިއްޒަތްތެރި ރައީސް. ކެސިނޯ އަކަށް ވަދެ ކުޅެން އަޅުގަނޑަކަށް ނުވެސް އިނގޭނެ ރައީސް. ހަމަ ތެދެއް މިދެންނެވީ. އަޅުގަނޑު ދުވަހަކުވެސް ކެސިނޯ އެއްނުކުޅެން. އެހެން ނަމަވެސް ކެސިނޯ ވިޔަފާރި ކޮށްގެން ޑޮލަރު ލިބޭނެ މަގެއް އޮތިއްޔާ އެކަންކުރަން އަޅުގަނޑަށް ވަރަށް އެބަ ވިސްނޭ.

ޖާބިރު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ޤައުމެއްކަމަށާއި، މުއްސަނދިކަން އިތުރުކުރާނެގޮތަކާއި މެދު ވިސްނަން ޖެހޭކަމަށެވެ. އަދި ރާއްޖެވެސް އޮޕަރޭޓް ކުރަންޖެހޭނީ ދުނިޔޭގެ އެހެން ޤައުމުތައް އޮޕަރޭޓްކުރާ ލެވެލްގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަބަދުވެސް ދައްކަނީ ޚަރަދުކުރާނޭ ގޮތުގެ ވާހަކަ ކަމަށާއި، ލާރިއެއް ލިބޭނޭ ވާހަކައެއް ނުދައްކާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.