މިސަރުކާރު ވެރިކަމަށް އައި ފަހުން ސަރުކާރުން ހިންގި ޕްރޮޖެކްޓް ތަކުގެ އަދަދު ބަލަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރު ކުރެވެނީ ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ފާއިތުވެދިޔަ މުއްދަތުގައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓްތޯއާއި، އަދި އެޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާދައްކައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓަށްތޯ ސާފުކުރެއްވުމަށެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް މިހާރު ސަރުކާރުން ގެންދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ނިންމާފައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.