ކުރުނބަލަކީ މަޝްހޫރު ބައިނަލްއަޤްވާމީ ތަރިން ކަމުގައިވާ މެޑޯނާ އާއި ޑެމީ މޯރފަދަ ފަރާތްތަކުގެ މެދުގައިވެސް ވަރަށް މަޤްބޫލް، ފިނި ބުއިމެކެވެ. ކުރުނބަލަކީ ރާއްޖޭގައިވެސް ވަރަށް އާންމު، ޚާއްސަ ގޮތެއްގައި މެހުމާނުންނަށް މަރުޙަބާ ކިޔުމަށްވެސް ބޭނުންކޮށް އުޅޭ ބުއިމެކެވެ. ތިރީގައި މިވަނީ ޤަވާއިދުން ކުރުނބާ ފެން ބުއިމުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

1. ބްލަޑް ޕްރެޝަރ ކޮންޓްރޯލްކޮށްދޭ

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ކުރުނބާ ފެނަކީ ލޭދައުރުވުން ރަނގަޅުކޮށްދީ، ބްލަޑް ޕްރެޝަރ ދަށްކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ހާޓް އެޓޭކާއި އެހެނިހެން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާވެސް ކުޑަވެގެންދެއެވެ. މީގެ އިތުރުން ކުރުނބާ ފެނުން ހަކުރު ލެވެލްވެސް ކޮންޓްރޯލްކޮށްދެ އެވެ.

2. ބަރުދަން ލުއިކޮށްދޭ

ބަރުދަން ލުއިކުރަން ބޭނުންނަމަ، ކެއުމުގައި ކުރުނބާ ފެން ހިމަނަން ހަނދާން ކުރާށެވެ. ކުރުނބާ ފެނަކީ ފެޓްސް މަދު، އަވަހަށް ބަނޑު ފުރާލަދީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ މީރު ބުއިމެކެވެ.

3. ދިފާޢީ ބާރު އިތުރުކޮށްދޭ

ކުރުނބާ ފެނަކީ ރައިބޮފްލޭވިން އާއި ނައިސިން އާއި ތައިމިންގެ އިތުރުން ޕައިރިޑޮކްސިން އަދި ފޯލޭޓްސްފަދަ ނިއުޓްރިއެންޓްސް އާއި ވިޓަމިންސް އިން ފުރިގެންވާ އެއްޗެކެވެ. އެހެންކަމުން ކުރުނބާ ފެނަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދީ، ފްލޫފަދަ ވައިރަލް އިންފެކްޝަންތަކާއި ހަނގުރާމަކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

4. މާބަނޑު އަންހެނުންނަށް ރަނގަޅު

ކުރުނބާ ފެނަކީ ބަނޑުހަރުވުމާއި، މެއިން ދިލަނެގުމާއި ހަޖަމުގެ ނިޒާމް ރަނގަޅުކޮށްދޭ އެއްޗެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ގިނަގިނައިން ކުރުނބާ ފެން ބުއިމަށް ގިނަ ޑޮކްޓަރުން ލަފާދެއެވެ.

5. ކިޑްނީގެ ސިއްޙަތު ރަނގަޅުކޮށްދޭ

ކުރުނބާ ފެނުގައި ހިމެނޭ ޕޮޓޭސިއަމް އާއި މެގްނީސިއަމްފަދަ މިނަރަލްތަކަކީ ކިޑްނީގެ ބަލިތައް ޖެހިފައިވާ ފަރާތްތަކަށް ވަރަށް ރަނގަޅު، ފައިދާހުރި ބުއިމެކެވެ. މީގެ އިތުރުން ކުރުނބާ ފެނަކީ ޑައިޔުރެޓިކްއެއްގެ ގޮތުގައި މަސައްކަތްކޮށް، ޔޫރިން އުފައްދައި ބޭރުކޮށްދޭ މިންވަރުވެސް އިތުރުކޮށްދޭ އެއްޗެކެވެ.

6. ހަންގަނޑަށް ރަނގަޅު

އެކްނޭ ނުވަތަ މޫނުގައި މާގިނައިން ބިހި ނަގާނަމަ އާއި، ހަންގަނޑުގެ ޒުވާންކަން ދަހަމަހައްޓަން ބޭނުންވާނަމަ، ރޭގަނޑު ނިދުމުގެ ކުރިން މޫނުގައި ކުރުނބާ ފެން ހާކާށެވެ. އަދި ބޭނުންނަމަ އަތާއި ނިޔަފަތީގައި ކުރުނބާ ފެން އުނގުޅުމަކީ ރަނގަޅު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.