އަދީީބު ފިލީ ކޮންބައެއްގެ އިހުމާލުންތޯ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އަދީބު ބަންދުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ވަހީދް ވިދާޅުވީ، ކުއްލި މައްސަލައެއް މަޖިލީހަށް ހުށައެޅުމުން އެކަމާއި ކަންބޮޑުވެގެން ބައެއް މެމްބަރުން އުޅުއްވާކަމަށާއި، އެހެންނަމަވެސް ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ޤައުމުގެ އިޤްތިސާދަށްވެ އެތައްބަޔަކު ހައްޔަރުކުރި އިރުވެސް އެބޭފުޅުނަށް އެއްވެސް މައްސަަލައަކަށް ނުވިކަމަށެވެ. 

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވައުދަކީ ކުރި ވައްކަން ހޯދުން. ވަގަށްނެގި ފައިސާ ހޯދުން. ހިންގާފައި ހުރި ޖަރީމާތައް ބަލައި ތަހުޤީޤު ކުރުން. އެހުރިހާކަމަކާ އެންމެ ބޮޑަށް ޝާމިލުވާ ފަރާތުގެ ވާހަކަ މިދައްކަނީ"

އަދީބަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކާއި ގުޅިގެން އޭނާ މިނިވަން ވުމުން އެތައްބަޔެއްގެ ކަންބޮޑުވުން އޮތްކަމަށެވެ. 

އަދި އަދީބު ފިލި މައްސަލަ ތަހުޤީޤު ކޮށް އެކަމުގައި އެކަމުގައި އިހުމާލުވި ފަރާތްތަކާއި މެދު މަޖިލީހުން ފިޔަވަޅު އަންނަޖެހޭކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.