ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ގޮސްދާނެތީ ބަންދު އަމުރަކަށް އެދުމުން އެ އަމުރު ސުޕްރީމް ކޯޓުން ނެރެދީފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް، އައިޝަތު ބިޝާމް ވިދާޅުވުމުން އެކަމަށް ސުޕްރީމް ކޯޓުން ރައްދު ދީފި އެވެ.

ޕީޖީ ބިޝާމް ވިދާޅުވެފައި ވަނީ ހުކުމްތަކުން މިންޖުވުމުން އަދީބު ފިއްލާނެ ކަމުގެ ބިރު އޮތް ކަމަށާއި އެހެންކަމުން އޭނާ ބަންދު ކުރުމަށާއި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެ ކޯޓުން ހަމައެކަނި ނެރެފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕްރޮސެކިއުޓާ ޖެނެރަލްއިން އަދީބު ބަންދުކޮށްދިނުމަށް އެދި އެ ކޯޓަށް މައްސަލަ ހުށަހެޅި އިރު އޭނާ ހުންނެވީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ކަމަށާއި، އެހެންވެ އަދީބުގެ ޣައިރު ހާޒިރުގައި ބަންދާ މެދު ގޮތެއް ކަނޑައެޅުމަކީ ޝަރުއީ އަދި ގާނޫނީ އިޖުރާއަތްތަކާ އެއްގޮތް ކަމެއް ނޫން ކަމަށެވެ.

އަދި އަދީބު ބަންދުކޮށްދިނުމަށް ޕީޖީ އިން އެދުނު އިރު އޭނާ އޭރުވެސް ދިޔައީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށާއި އެ ހާލަތުގައި ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ އަދީބު ހުކުމް ތަންފީޒުކޮށް ނިމުމުން އެކަން ޕީޖީގެ ފަރާތުން އެ ކޯޓަށް އަންގާފައި ނުވާ ކަމަށާއި އަދި އަދީބު މިނިވަންވުމަށް ފަހު އޭނާ ބަންދުކޮށްދިނުމަށް އިތުރު އަމުރަކަށް އެދި ޕީޖީ އެދިފައި ނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.