ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން އުޅުނު ކަމުގައިވި ނަމަވެސް، މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އެންމެ ފަހުން ކަނޑައެޅި އަގުތަކާއި ހިދުމަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް ތަންފީޒު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، އަލަށް ކަނޑައެޅި އަގުތައް ކަނޑައެޅީ އާމްދަނީއަށްވެސް ގެއްލުން ނުވާ ގޮތައް ކަމަށާއި އެކަމަށެވެ. އަދި ޓެކްސީގެ އަގުތަކާއި މެދު ކަންބޮޑުވަނީ ބައެއް ޓެކްސީ ޑްރައިވަރުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑްރައިވަރުންގެ ޖަމިއްޔާއިން އިއްޔެ ބުނީ އާ އުސޫލުގެ ދަށުން އަގު ނަގަން ފަށަން ޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތާރީހުގައި (އަންނަ ބުދަ ދުވަސް) ޑްރައިވަރުން މުޒާހަރާ ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ކުރާ ދަތުރުތަކަށް މިހާރު ނަގަމުން އަންނަ އެންމެ ބޮޑު އަދަދަކީ 100 ރުފިޔާއެވެ. 

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި އަދަދު ކުޑަކޮށް، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ވަނީ ހަމަޖައްސާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.