ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބަށް ކުރިމަތިލި ހަފްތާގައި ސިއްޚީ ހިދުމަތްދޭ 28 ތަނެއް 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކޮށްފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ސިއްހީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީންގެ ސަރުކާރުން ސިއްޚީ ދާއިރާއަށް އަޅާނުލާ އިހުމާލުވެފައި އޮތް އޮތުންކަމަށެވެ. 

"ސެޕްޓެމްބަރު 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ވޯޓަކަށް ދިޔައިރު ސެޕްޓެމްބަރު 23 ވަނަ ދުވަހާއި ކުރިމަތިލި ހަފްތާގެ ތެރޭގައި ރާއްޖޭގެ 28 ތަން 24 ގަޑިއިރަށް ބަދަލުކޮށްފައިވޭ. މި 28 ތަން 24 ގަޑިއިރަށް ބަދަލުކުރިއިރުގަ ހަމަ އެކަނި ނަންބޯޑު ބަދަލުކުރީ."

ރައިސް ޔާމީންގެ ސަރުކާރުން ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ސިއްހީ ހިދުމަތްދޭ 28 ތަނެއް 24 ގަޑިއިރު ހިދުމަތްދޭގޮތަށް ބަދަލުކޮށްފައިވާއިރު، 24 ގަޑިއިރު މަސައްކަތް ކުރެވޭނޭ ގޮތަށް މުވައްޒަފުން ދީފައި ނުވާކަމަށާއި، އަދި އެކަމަށް ބޭނުންވާ ފައިސާވެސް އަދި ތަކެތިވެސް ދީފައި ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ. 

މިނިސްޓަރ އަމީންގެ ވާހަކަފުޅު ތަކާއި ގުޅިގެން މަޖިލީހުގައި އިދިކޮޅު މެމްބަރުން ވަނީ އަޑުގަދަ ކުރައްވާފައެވެ. އަދި މިނިސްޓަރ އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.