ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލި މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިސްތިއުފާ ދެއްވަންޖެހޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަދީބު ބަންދުން ދޫކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވަނީ އަދީބު ފިލި އިރު އެކަން އިންޓެލިޖެންސަށް ނޭންގުނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމައްސަލައިގައި ހޯމް މިނިސްޓަރ އިމްރާނާއި ފުލުހުންގެ ވެރިން އިސްތިއުފާ ދެއްވަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަދީބު ފިލި މައްސަލައަކީ ކުޅޭ ޑްރާމާއެއްތޯ ބަލަންޖެހޭކަމަށެވެ. 

"އަހުމަދު އަދީބު ފިލައިގެން ގޮސް އިންޑިޔާގައި މި ޖެހުނު މައްސަލަ ވެސް މިއީ ބަލަންޖެހޭ މައްސަލައެއް. ކީއްވެގެންތޯ އެހެން ޤައުމެއްގައި ގޮސް އަދީބު ނުޖެހުނީ."

ޝިޔާމް ވިދާޅުވީ މި ސަރުކާރާއި އިންޑިޔާ އާއި ގާތްގުޅުމެއް އޮތް އިރު އަދީބު ފިލަންވެގެން ގޮސް ވަންނާނީ އިނޑިޔާ އަށްތޯ ސުވާލު އުފެދޭކަމަށެވެ. 

މީގެ އިތުރުުން ޝިޔާމް ވިދާޅުވީ ސަރުކާރުން އަދީބަށް އެކިކަަލަ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ވާހަކަ އަދީބުގެ ވަކީލުންގެ ފަރާތުން އިވޭކަމަށެވެ. ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި އަދީބު ހުށައަޅާފައިވާއިރު، ރައީސް ޔާމީނާއި ދެކޮޅަށް ވަކިގޮތަކަށް ހެކިބަސް ދިނުމަށް  އަދީބަށް ނުފޫޒު ފޯރުވާކަމުގެ މައުލޫމާތު ލިބޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.