ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުން ދޫކޮށްލި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ދޭހަވަނީ ސަރުކާރު ފެއިލް ވެއްޖެކަމަށް އިއުތިރާފް ވުންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. 

އަދީބު ބަންދުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހުށަހެޅި ކުއްލި މައްސަލައިން ދޭހަވަނީ ސަރުކާރު ފެއިލްވިކަންކަމަށެވެ. 

ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ ޤާނޫނާއި އެއްގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޖާބިރު ވިދާޅުވީ، ޝަރީއަތުން ވަކިގޮތަކަށް ކަން ނިންމުމުން ކުއްލި މައްސަލަ ހުށައެޅުމުން އޭގެން ސަރުކާރު ފައިލް ވިކަންނޫން އިތުރު އެއްޗެއް ދޭހަ ނުވާކަމަށެވެ. 

"ކުއްލި މައްސަލައިގެ ބޭނުމަކީ ކޮބައިތޯ؟ އިބްރާހިމް މުހައްމަދު ސޯލިހް ފެއިލް ވެއްޖެ ކަމަށް ބުނުންތޯ؟ ޑިފެންސް މިނިސްޓާރ މާރިޔާ ދީދީ ނުވަތަ ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ ފެއިލް ވެއްޖެއޭ ބުނުންތޯ؟"

ރައްޔިތުންގެ މަޖިލީހާއި ކޯޓު ތަކަކީ ވަކި ބާރު ތަކެއްކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެއްބާރުން އަނެއްބާރަށް އަރައިގަނެ ނުފޫޒު ފޯރުވައިގެންނުވާނޭކަމަށެވެ. 

"ޝަރީއަތުގެ ހުކުމްތައް ޤާބޫލު ނުކުރާ މަޖިލީހަކަށް މި މަޖިލިސް ވެއްޖެއްޔާ ދެން ކިހިނެއްތޯ ވާނީ؟ ޝަރީއަތުން ކަންކަން ނިންމީމާ، ޝަރީއަތުން ނިންމާފައިހުންނަ ކަންކަން މި މަޖިލީހުން ޝަރީއަތަށް އަތް ބާނައިގެން ކިހިނެއްތޯ ހަދަން މިއުޅެނީ؟ އަޅުގަނޑު ވަރަށް އެބަ ކަންބޮޑުވޭ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެއިލް ވެއްޖެކަން މަޤާމުގެ ހުވާކުރެއްވިތާ 48 ގަޑިއިރުގެތެރޭގައި އިނގިލައްވައިފިކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އަދި އެކަން އިނގިލެއްވީ ވަޒީރުންގެ މަޖިލިސް ނެންގެވި ގޮތުންކަމަށް ޖާބިރު ވިދާޅުވިއެވެ. 

އަދީބު ފިލި މައްސަލައި ކުއްވެރިކުރާކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ އަދީބާއި މެދުވެސް ކަންކަން ކުރަންޖެހޭނީ ޤާނޫނާއި އެއްގޮތަށްކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.