ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅާ މިނިވަންކުރި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އަދީބު ފުލުހުންގެ ބަންދުން ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކޮށް ކޯޓަށް ގެނައުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކޯޓުން ނިންމާފައިވާކަމަށެވެ. އަދި ކުއްލި މައްސަލަ ހުށަލެޅުއްވީ އަދީބު ދޫކުރި މައްސަލައިގައި މަޖިލީހުން ކަންބިޑުވާކަމަށާއި، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ރަޝީދު ވަނީ އަދީބު ހައްޔަރުކުރުމަށް ނެރުނު އަމުރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް ނުހިނގާނެކަމަށް ކަނޑައަޅާފައެވެ. ފުލުހުން އަދީނު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭރު އަދީބު ހުންނެވީ ބައިނަލް އަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ކަމުން އެ އަމުރުގެ ދަށުން ހައްޔަރު ނުކުރެވޭނެ ކަމަށްވަނީ ނިންމަވާފައެވެ.

އަދި ބައިނަލް އަޤްވާމީ ސަރަޙައްދުން ދިވެހި ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި އެމީހަކު ހުރިނަމަ ކަމަށްވެސް ކްރިމިނަލް ކޯޓުންވަނީ ކަނޑައަޅާފައެވެ.

ތަގު ބޯޓެއްގައި އަދީބު ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ކުރަނިކޮށް އިންޑިއާގެ ސޫތުކުޅީގެ ޕޯޓުން ވަނީ އަދީބު އެ ޤައުމަށް އެތެރެވިޔަ ނުދީ ހިފަހައްޓައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އަދީބު ދަތުރުކުރަމުން ދިޔަ ބޯޓުގައި ހިފަހައްޓާ އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން އަދީބުއާއި ސުވާލުކުރިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.