މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކަމަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން އެ ދެމީހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ދީފައިވާ ކަމަށެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން މީހެއްގެ ރުހުމެއްނެތި އެކަށީގެންވާ މުއްދަތަށް މީހަކު ހިފަހައްޓައިގެން ގެންގުޅުމަކީ ކުށެކެވެ

އެގޮތުން މީހަކު ލައްވާ އެ މީހާގެ އިހްތިޔާރުން ބޭރުގައި ގަދަކަމުން މަސައްކަތެއް ކުރުވުމުގެ މަގްސަދުގައި މީހަކު ހިފަހައްޓައިފި ނަމަ އެއީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

އަދި ކަނޑައެޅިގެން އެނގިހުރެ އެއް ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހަކު ހިފަހައްޓައިފި ކަމުގައިވާނަމަ އެ ކުށަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެނޫން ހާލަތެއްގައި މީހަކު ހިފަހައްޓައިފި ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.