ފޮރިން މިނިސްޓްރީ ހުންނަ އިމާރަތް މަރާމާތު ކުރުމަށް، އެމިނިސްޓްރީ އިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޮރިން މިނިސްޓްރީގެ އިމާރަތް މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ 15 ގައި ފަށާނެ ކަމަށާއި އެހެންކަމުން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން  އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލެ ފެރީޓާމިނަލްގެ އިރުމަތީ ހުންނަ އިމާރާތް) އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އަންނަ މަހުގެ ހަޔަކުން ފެށިގެން މިނިސްޓްރީގެ ހިދުމަތްތައް އަނެއްކާވެސް ފޮރިން މިނިސްޓްރީގެ އިމާރާތުން ދޭން ފަށާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ބަދަލުކުރާ ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކަށް ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން މަައާފަށް އެދިފައެވެ.

ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ އެހީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.