ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ދޭ ހިދުމަތްތަކާއެކު މައި ހުޅުމާލެ ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

މަންސަ ޓޯކް ޝޯގެ ފުރަތަމަ ވޮލިޔުމްގައި މި ހިދުމަތް އިފްތިތާހުކޮށްފައިވާއިރު މައި ހުޅުމާލެ ޕޯޓަލް އަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި އެހެން ފަރާތްތަކަށް އެޗްޑީސީ އިން ފޯރުކޮށްދޭ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ވުޖޫދަށް ގެނެވުނު ޕޯޓަލްއެކެވެ.

އެ ޕޯޓަލްގެ އެހީގައި އެޗްޑީސީން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރަށް ފައިސާ ދެއްކުމުގެ ހިދުމަތާއި، އެކުންފުނިން ހޯދަން ޖެހޭ ހުއްދަތައް ޑިޖިޓަލްކޮށް ލިބެން ހުންނާނެއެވެ. އަދި އެދުނު ހިދުމަތްތައް ކުރިއަށްދާގިތް އޮންލައިންކޮށް އަދި އެސްއެމްއެސް އިން ބަލާލެވޭނެ އެވެ.

ހުޅުމާލޭގެ ޗާޓާއި އެކު ލޯންޗު ކުރެވުނު މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅަން ބޭނުންވާ ކަންބޮޑުވުންތަކާއި ޝަކުވާތައްވެސް ހުށަހެޅޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.