ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ، އީދު ބަންދަށް ދިއުމުގެ ކުރިން 3 ޖަލްސާއެއް މި ހަފްތާގައި ބޭއްވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ އެޖެންޑާ ތޮއްޖައްސާފައި ނުބޭއްވުމަށް، މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އަދި މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ކުރިއަށްދާ ދުވަސްތަކުގައި، އިތުރު މަސައްކަތްތައް ކުރުމަށް ހުރިނަމަ ރޭގަނޑު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.