ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އަދީބު ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުގައެވެ. އަދީބު ހައްޔަރުކޮށްފައިމިވަނީ ރޭގެ ވަގުތެއްގައި އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށްފަހު އަލުން ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ރޭ އަމުރުކުރި ނަމަވެސް އަދީބު ގެޔަށް ގެންދިޔައީ ފަތިސްވަނިކޮށެވެ. އެއީ އަދީބު ފުލުހުންގެ ވެހިކަލެއްގައި ފުލުހުންގެ މައި އިދާރާއިން ނެރުނުތާ ގަޑިއިރެއްގެ ފަހުންކަމަށް އެ ސަރަހައްދުގައި ޚަރަކާތްތެރިވާ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފައެވެ. އަދީބާއިއެކު ދެ ފުލުހެއް އަދީބުގެ އެޕާޓްމެންޓަން ވަނުމަށްފަހު ގަޑިއިރެއްފަހުން އަދީބު ހައްޔަރުކޮށްގެން ވަނީ ގެންގޮސްފައެވެ.

މިފަހަރުވެސް އަދީބު ހައްޔަރުކޮށްފައިވަނީ އެންމެ ފަހުން ހައްޔަރުކުރެވުނު ތުހުމަގައެވެ. އެއީ ސްޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ފުރައިގެން ދިޔަ މައްސަލައިގައެވެ. އަދީބުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރޭ ބޭއްވި އަޑުއެހުމުގައި ފުލުހުންވަނީ އަދީބު ހައްޔަރުކުރުމުގެ އާ އަމުރެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ޝަފަވީ ހެއްކެއްގެ ގޮތަުގައި އަދީބުގެ ނަން ހުށަހެޅި އަދީބުގެ ހެކިބަސް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.