ރާއްޖެއިން ބޭރަށް ފިލުމަށް ޓަގު ބޯޓެއްގައި ދަތުރުކުރަނިކޮށް ހައްޔަރު ކުރި ކުރީގެ ނައިބު ރައީސް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅާ، އަދީބު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ރަޝީދު ވަނީ އަދީބު ހައްޔަރުކުރުމަށް ނެރުނު އަމުރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް ނުހިނގާނެކަމަށް ކަނޑައަޅާފައެވެ. ފުލުހުން އަދީނު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭރު އަދީބު ހުންނެވީ ބައިނަލް އަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ކަމުން އެ އަމުރުގެ ދަށުން ހައްޔަރު ނުކުރެވޭނެ ކަމަށްވަނީ ނިންމަވާފައެވެ. 

އަދި ބައިނަލް އަޤްވާމީ ސަރަޙައްދުން ދިވެހި ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި އެމީހަކު ހުރިނަމަ ކަމަށްވެސް ކްރިމިނަލް ކޯޓުންވަނީ ކަނޑައަޅާފައެވެ. 

ތަގު ބޯޓެއްގައި އަދީބު ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ކުރަނިކޮށް އިންޑިއާގެ ސޫތުކުޅީގެ ޕޯޓުން ވަނީ އަދީބު އެ ޤައުމަށް އެތެރެވިޔަ ނުދީ ހިފަހައްޓައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އަދީބު ދަތުރުކުރަމުން ދިޔަ ބޯޓުގައި ހިފަހައްޓާ އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން އަދީބުއާއި ސުވާލުކުރިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

އަދީބު ވަނީ ރާއްޖޭގެ އެކި ފަރާތްތަކުން އަދީބަށް މަރުގެ އިންޒާރު ލިބެމުންދާކަމަށްބުނެ އިންޑިއާ އަދި އދ ގެ ޙިމާޔަތަށް އެދިފައެވެ. ނަމަވެސް އިންޑިއާއިން އަދީބަށް ހިމާޔަތް ނުދީ އަދީބު ދަތުރުކުރި ޓަގުގައި ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖެ ގެނެސްފައިވަނީ ކޯސްޓްގާޑުގެ ހުރަވީއާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.