މިދިޔަ ހަފްތާގައި އެކަނިވެސް 49 އެކްސިޑެންޓް ހިނގައިފައިވާ ކަމަށް ފުލުހުންގެ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓުމެންޓުން ވިދާޅުވެއްޖެއެވެ.

އެ ޑިޕާޓުމެންޓުން އާންމުކޮށްފައިވާ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި 49 އެކްސިޑެންޓް ހިނގިއިރު، އޭގެ ތެރެއިން 11 އެކްސިޑެންޓްގައި މީހުންނަށް އަނިޔާވެފައިވެއެވެ.

އަދި 134 ވެހިކަލް މިދިޔަ ހަފްތާގެ ތެރޭގައި ބަލައިފާސްކޮށްފައިވާއިރު، ގަވައިދާއި ހިލާފަށް ޕާކުކޮށްގެން 460 އުނޅަދެއްގައި މިދިޔަ ހަފްތާގައި ވަނީ ސްޓިކަރ ޖަހައިފައެވެ. މީގެ އިތުރުން ގަވައިދާއި ހިލާފަށް ގިނަ ދުވަހު ބަހަށްޓާފައިވާ 70 އުޅަނދު ޓޯ ކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތައް ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.