މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެލްޓިން ކޮމްޕެނީ، އެމްޓީސީސީ އިން މިއަދު ދ. އަތޮޅުގައި ރަށު ލިންކް ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.
ދ އަތޮޅުގައި އެމްޓީސީސީގެ ފެރީ ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ މީދުއާއި ކުޑަހުވަދޫ އާ ދެމެދު، ދެ ރޫޓަކުން ހަފްތާއަކު ހަ ދަތުރެވެ.
ރޫޓް 406 (މީދޫ - ރިނބުދޫ - ހުޅުދެލި - ކުޑަހުވަދޫ):
މި ރޫޓުގެ ފެރީ ދަތުރުތައް އޮންނާނީ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުއެވެ.
ރޫޓް 407 (މީދޫ - ބަނޑިދޫ - ވާނީ - މާއެނބޫދޫ - ކުޑަހުވަދޫ):
މި ރޫޓުގެ ފެރީ ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހުއެވެ.
ފެރީ ދަތުރުގެ އަގު 20 ރުފިޔާއަށް އުޅޭއިރު 100 މީހުންގެ ޖާގައިގެ ފެރީގައި ބައިސްކަލާއި، ލުއި ލަގެޖް ގެންދެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީ އިން ފެރީގެ ހިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ނުހިމެނެނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ. އެމްޓީސީސީން ކުންފުނިން 169 ރަށަކަށް ދަތުރުފަތުރުގެ ހިދުމަތް ދެއެވެ.