މޯލްޑިވްސް އާޓިސްޓް އެސޯސިއޭޝަން އިން ދިވެހި އާޓިސްޓުންގެ ހުނަރުދައްކާލާ މައުރަޒު "އަންވެއިލިންގ ވިޝަންސް 2019" ހުޅުވައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ރޭ ހުޅުވާލި މި އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. 

މި އެގްޒިބިޝަންގައި މިއަހަރު 58 ވިޝުއަލް އާޓިސްޓުން ބައިވެރިވެފައިވާއިރު އެގްޒިބިޝަންގައި ވަނީ އެފަންނާނުންގެ ހުނަރު ދައްކާލައިފައެވެ.

މި އެގްޒިބިޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފަންނާނުންގެ ފަންނުވެރިކަން ދައްކާލައި، އެ ފަންނާނުންނަށް ކުރިއަށް ދިޔުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. މި އެގްޒިބިޝަންގައި ފައިންއާޓް، ސްކަލްޕްޗަރ، ޑިގިޓަލް އާޓް ހުނަރު ދައްކާލަދެ އެވެ

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންދާ މި އެކްޒިބިޝަން އޯގަސްޓް 7 ގެ ނިޔަލަށް އޮންނާނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.