އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްވިކަމަށް އޭނާ ވިދާޅުވެެއްޖެއެވެ.
ލުޠުފީ އަށް އިންޒާރުދިން ވާހަކަ ރަހުމަތްތެރިޔަކާއި އެކު ލުތުފީ ދައްކަވާ ފޯން ކޯލެއްގެ އޯޑިއޯ މީސްމީޑީއާގައި އާއްމުވުމާއި ގުޅިގެން "ސަންގު ޓީވީ" އިން އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އޭނާ އަށް އިންޒާރު ދެއްވި ކަމަށެވެ.
"އަޅުގަނޑަށް އިންޒާރު ދިން. އިންޒާރު ދިން ވާހަކަ އަޅުގަނޑު އެ ކޯލްގައި (ލީކުވި ރެކޯޑިންގ) ގައި ދައްކާފައި އެއޮތީ. އަޅުގަނޑަށް އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.
ލުޠުފީ ވިދާޅުވީ، ފްރޭމްކޮށްގެން ވެސް ހައްޔަރުކުރެވިދާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި ކަމަށެވެ.
"އާދެ އާދެ އަޅުގަނޑަށް ފްރޭމް ކޮށްގެންވެސް ތިމަންނައަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާއަށް ބުނި. ތިމަންނަ ބޭނުން ކަމަށް ވެއްޖިއްޔާ ފްރޭމް ކޮށްގެންވެސް ކަލޭ ހައްޔަރުކުރެވިދާނޭ، ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަދެއްކީ. ވާހަކަ ދައްކާފައި އިންޒާރުދިން އަޅުގަނޑަށް." ލުޠުފީ ވިދާޅުވިއެވެ.
މީގެ އިތުރުން އޮފީހަށް ނުނިކުތުމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެބޭފުޅާގެ ނަމުގައި ހުރި މުދާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ލުތުފީ އޭސީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު އެވެ.