ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހދ. މަކުނުދޫއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު މަކުނުދޫއަށް ވަޑައިގެންފައިވާއިރު، އިއްޔެ ވަނީ ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އިހަވަންދޫ ސިއްޚީ މަރުކަޒާއި، ފެނަކައާއި މިފްކޯ އައިސްޕްލާންޓާއި މެޖިސްޓްރޭޓް ކޯޓްގެ އިތުރުން އިހަވަންދޫ ސުކޫލަށްވެސް ރައީސް ނަޝީދުވަނީ ޒިޔާރަތްކުރައްވާފައެވެ.
ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދޫ އަށް ވަޑައިގެންފައިވަނީ، އޮގަސްޓް 3 ވަނަ ދުވަހުއެވެ.