ޚަބަރު
ރައީސް ސޯލިހާ ގުޅުން ކަނޑާލީ އެމްޑީޕީގެ އަސްލު ގެއްލުވާލުމުން: އަންނި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ގުޅުން ކަނޑާލީ އެމްޑީޕީގެ އަސްލު ގެއްލުވާލުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ވަރަށް ފަހުން ލަންކާގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެެވެ. ރައީސް ސާލިހުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަންނަވަން ޖެހުމުން ވަރަށް ހިތާމަ ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ސިޔާސީ ޕާޓީއެއް އުފެއްދީ ވަކި ސިޔާސީ އުސޫލުތަކެއް މައްޗަށް ބިނާ ކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ދެވަނަ ދައުރުގައި އެމަނިކުފާނަށް ފެނިވަޑައިގަތީ ޕާޓީއިން ފައުންޑިން ޕްރިންސިޕަލްސް އާއި ދުރަށް ދިޔަތަން ކަމަށް ވިދާޅުވި އެވެ. އެއާއެކު، އެމްޑީޕީއާއިއެކު ޕާޓީގައި ދެމިހުންނަވަން އުނދަގޫވެވަޑައިގަތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިތުމުން މާޔޫސްވެވަޑައިގަތްތޯ އެހުމުން، ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނަށް ނަގަން ވަރަށް ދަތި ނިންމެވުމެއް ކަމަށެވެ. އަދި އެމްޑީޕީއަށް ލިބިވަޑައިގަތް ނާކާމިޔާބީއަށްޓަކައި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

“ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީ ބަލިވީ. ރައްޔިތުންނަށް ވެވޭ ވައުދުތަކާ އެއްގޮތަށް ނުހިނގާނަމަ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމެއް ނެތް.  ބަލިން ފިލާވަޅު ދަސްކުރަން ޖެހޭ. އަޅުގަނޑުމެން (އެމްޑީޕީ) ސަރުކާރަށް އައީ ކުރީގެ ވެރިކަމުގެ ކޮރަޕްޝަން ތަހުގީގު ކުރަން ވައުދުވެގެން. އަޅުގަނޑުމެން އެކަމެއް ނުކުރޭ. އަޅުގަނޑުމެން ސަރުކާރަށް އައީ ކުރީގެ ވެރިކަމުގެ ކޮރަޕްޝަން ތަހުގީގު ކުރަން ވައުދުވެގެން. އަޅުގަނޑުމެން އެކަމެއް ނުކުރޭ” ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ދަރަނި ކުޑަކުރަން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ކުރީގެ ދަރަނި އަދާކުރުމަށް އިތުރު ލޯނެއް އެމްޑީޕީން ނެގި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން، އެމަނިކުފާނުގެ ނަޒަރިއްޔާތުގައި އެމްޑީޕީން ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ވެރިކަމެއް ކަމަށް ސިފަކުރައްވާފައި ވެއެވެ. މެނިފެސްޓޯ ގެއްލިގެން، ވައުދުވި ކަންތައްތައް ކުރުމުގެ ބަދަލުގައި އެމްޑީޕީން އިންވެސްޓް ކުރަމުން ދިޔައީ ހަމައެކަނި ދަރަނީގެ ބުރަ އިތުރުވާ ޕްރޮޖެކްޓްތަކަށް ކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އެހިސާބަށް ކަންތައް ދިއުމުން، އެމަނިކުފާނު އެކަންތައް ބަލަން ޕާޓީގައި މަޑުކުރަން ބޭނުންނުވި ކަމަށް އިޝާރާތްވާ ގޮތަކަށް ރައީސް ނަޝީދު ވާހަކަދައްކަވާފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހާއިއެކު އޮންނަ ގާތް ރަހުމަތްތެރިކަން ގެއްލިގެންދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މިހުރިހާ ކަމަކާއެކު އަހަރެންގެ ކޮއްކޮއާ ކައިވެނިކޮށްގެން އުޅޭ އަހަރެންގެ ކުޑައިރުގެ ރަހުމަތްތެރިޔާ, 50 އަހަރަށްވުރެ ގިނަ ދުވަހު އުޅުނު ރަހުމަތްތެރިޔާއާ ގުޅުން ކަނޑާލިން، އެއީ ފަސޭހަކަމެއް ނޫން.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top