އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލަށް ކާމިޔާބުކޮށްދިނުމަށް ނުފޫޒުފޯރުވާފައިވާކަމަށާއި، ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތްކަމަށް ދެއްކި ވާހަކަތަކާ ގުޅިގެން ގައުމީ ޓީމުގެ މެޗުތަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އަދި މި މައްސަލަ އާއި ގުޅިގެން އެ އިދާރާއިން ވަނީ 50،000 އެމެރިކާ ޑޮލަރުން މެސީ ޖޫރިމަނާކޮށްފައެވެ.

މި ސަސްޕެންޝަނުގެ ސަބަބުން މެސީ އަށް އާޖެންޓީނާގެ ކުރިއަށް އޮތް ސެޕްޓެންބަރާއި އޮކްޓޫބަރު މަހުގައި ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗު އޭނާ އަށް ގެއްލޭނެއެވެ. އެ މެޗުތަކުގައި އާޖެންޓީނާ ބައްދަލުކުރާނީ، ޗިލީ އާއި މެކްސިކޯގެ އިތުރުން ޖަރުމަނާ އެވެ.

މިއީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ހިނގާދިޔަ ކަމެއްގެ ސަބަބުން މެސީ އަށް އަދަބުދިން ދެވަނަ ފަހަރެވެ. އެ މުބާރާތުގައި ޗިލީއާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި މެސީ އަށް ދެއްކި ރަތްކާޑާއި ގުޅިގެން ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ނުކުޅެވޭއިރު، ރެފްރީއާ ބެހޭގޮތުންނާއި މުބާރާތުގެ އިންތިޒާމްތަކާ ބެހޭގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް 1،500 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.