މިއަދު ހެނދުނު ހެންވޭރު ޓެން ސްޓަރގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ ތެރޭގައި އެގޭގެ ކަރަންޓް ބޯޑްތަކަށް ފެން އެޅުމުގެ ސަބަބުން އެގެއިން ކަރަންޓް ދިއުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވީ، އެގެއިން ކަރަންޓް ދިއުމުގެ ސަބަބުން، އެގޭގައ ދިރިއުޅޭ 16 މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:11 ހާއިރެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ވަގުތުން އެސަރަހައްދަށް ގޮސް، ރޯވެފައިވާ އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *