ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީލޯންޑަރިންގްގެ މައްސަލަައިގެ ޝަރީއަތުގައި ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައިގެ މާދަމާގެ ޝަރީއަތްވެސް ޓީވީއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:30 ގައެވެ. 

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިމެނެއެވެ.

އެންމެ ފަހުން ބޭއްވުނު އަޑުއެހުމަށްފަހު، ކޯޓުން ވަނީ ދެފަރާތަށް ވެސް ހެކިން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. އެގޮތުން، ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް 8 ހެއްކެއް ހުށަހަޅާފައެވެ.

ކުރީގެ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދިފާއުގައި ހަ ހެއްކެއް ހުށަހަޅާފައެވެ.

އެންމެ ފަހުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައިގަ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.