ސްރީލަންކާގައި ދިިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފިއެވެ.

އެކަމަށް ލުއިތަކެއް އަދި ހައްލެއް ހޯދުމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އުމަރު ބިން އަބްދުލް ރައްޒާގު ވަނީ ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާގެ ޖެނެރަލް އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި، ލަންކާގެ ވިސާ ހޯދުމުގައި ދިވެހިންނަށް ވީހާ ވެސް ފަސޭހަ ގޮތްތަތަކެއް ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވި ކަމަށް ލަންކާާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވިއެވެ.

ލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުގެ ސަބަބުން އެގައުމުގައި، އިމިގްރޭޝަނާއި ގުޅުން ހުރި ކަންކަމުގައި ގެންގެޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތެއް ކަމަށްވެސް އެ ގައުމުގެ އިމްގްރޭޝަންގެ ކޮންޓްރޯލާގެ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އެގައުމަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު އަދިވެސް އެގައުމު އާއްމު ހާލަތަކަށް ނޭޅެއެވެ. އަދިވެސް އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.