ގަލޮޅު ރަސްމީ ސްޓޭޑިއަމް ތަރައްގީ ކުރުމަށްޓަކައި އެތަން ބަންދުކޮށް ހުޅުމާލޭގައި އަލަށް ހެދި ޓްރެކުގައި މުބާރާތްތައް ކުޅެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑު ހުޅުވާފައިވަނީ 1980 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން މިވީ ދިގު މުއްދަތުގެ ތެރޭގައި ދަނޑުގެ ސިޑިބަރިތަކާއި، ދަނޑުގެ ބައެއް އެހެނިހެން ތަންނަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި ދަނޑު އަލުން މަރާމާތު ކުރުމަށް ދަނޑު ބަންދުކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް ވެސް ބާއްވާނީ ހުޅުމާލޭގައި އަލަށް ހުޅުވި ޓްރެކުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޔޫތް މިނިސްޓަރީން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

ޔޫތު މިނިސްޓްރީން ބުނީ ހުޅުމާލޭގައި އަލަށް ހެދި ޓްރެކަކީ އޮލިމްޕިކްސް ބޭނުމަށް ހެދި ޓްރެކެއް ނަމަވެސް އެތަނުގެ ހާލަތު އޮތީ ގޯސްކޮށް ކަމަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރު މަހުލޫފު ވިދާޅުވީ، ކުރިއަށް އޮތްތާ އެތަން ބޭނުން ކުރާނީ އެތުލެޓިކްސް ބޭނުންތަކެއް ވުރެން ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.