މިއަދު ހެނދުނު ހެންވޭރު ޓެން ސްޓަރ ގައި އަލިފާން ރޯވީ އެގޭގެ ޓެރަސްގައި ހަދާފައި ހުރި ކުޑަ ގެގަޑެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އަދި އަދި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 11:35 ހާއިރު ކަމަށާއި އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ހެންވޭރު ޓެން ސްޓަރ ގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 11:11 ހާއިރުއެވެ.