ޚަބަރު
ނަރުހުން ކުރާ މަސައްކަތް އުފަލާއިއެކު ބަލައިގަންނަން: ނައިބު ރައީސް
ފޮޓޯ: އެމްއެންޔޫ

ނަރުހުން ކުރާ މަސައްކަތް އުފަލާއިއެކު ބަލައިގަންނަ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބާގައި އެކްްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެއް ކަމަށް ނައިބު ރައީސްގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ. ނަރުހުންގެ އަގުހުރި މަސައްކަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މޭ 12 ގައި ފާހަގަކުރާ މުނާސަބާއެކެވެ. މި ދުވަސް މޭ 12 ގައި ފާހަގަކުރަނީ މިއަދުގެ ތާރީހަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ނަރުހެއް ކަމުގައިވާ ފްލޮރެންސް ނައިޓިންގޭލްގެ ހަނދާނުގަ އެވެ. 12 މޭއަކީ ފްލޮރެންސް ނައިޓިންގޭލް އުފަންވީ ދުވަހެވެ.

މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަރުހުންގެ އަގުހުރި މަސައްކަތާއި މުޖުތަމައުގައި ނަރުހުން ކުޅޭ ހާއްްސަަ ދައުރާއި، އެކަމަށް ޝުކުރު އަދާކުރުމުގެ މުހިންމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ “އަވަރ ނަރސަސް، އަވަރ ފިއުޗަރ, ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ” އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top