ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް ފަސް ދުވަހުގެ ނޯޓިސް އެއް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، ކޮމިޓީތަކުގެ މުގަރިރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މީގެ ފަހުން ކޮމިޓީތަކަށް ހާޒިރު ކުރައްވާ ބޭފުޅުންނަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް މަޖިލީހުގެ އެކި ކޮމިޓީތަކަށް ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިން ހާޒިރުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ އިރު، ފުލުފުލުގައި ބާއްވާ ކޮމިޓީތަކުގެ މަސައްކަތުގައި މެމްބަރުން އުޅުއްވަނީ ވަރަށް އަވަދިނެތިއެވެ.