އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު ގެއްލުވާލަން ވެގެން ބަޔަކު މަސައްކަތް ކުރި ކަމުގެ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް އެއްވސް އިރެއްގައި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޝަރީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަގާމުގެ ހުވާ ކުރެއްވުމާ ދެމެދު އޮތް މުއްދަތުގެ ތެރޭގައި އީސީގެ މެންބަރުންނަށާއި މުވައްޒަފުންނަށް ބިރު ދެއްކުމުގެ ކަންކަން ހިނގި ކަމަށެވެ.

އަދި ހުދު އެބޭފުޅާ ގެއްލުވާލަން މަސައްކަތް ކުރި މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރު ދެއްކުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.