ތެޔޮ ބޯޓަކާއި، މުދާ އުފުލާ ދޯންޏެއް ޖެހި ގެއްލުންތައް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:44 ހާއިރު، ޅ. މާލިފުއްޓާ ދިމާ މޭލެއްހާ ބޭރުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އެ އެކްސިޑެންޓް ހިނގުމުގެ ސަބަބުން ބޯޓުގެ ބައެއް ހަލާކު ވެފައި ވާއިރު ދޯނީގެ އަރިމަތީ ފައްގަނޑުން ބައެއް ވަނީ ހަލާކުވެފައި ވެއެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.