ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި, ދިރާގުން މޯބައިލް އިންޓަނެޓް ކަނެކްޓިންގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި 5ޖީ ރާއްޖެއަށް ތައާރަފްކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އިސްމާއިލް ރަޝީދުއެވެ.

ދިރާގުގެ 5ޖީގެ ހިދުމަތް މާލެ، ވިލިމާލެ އަދި އެއަރޕޯޓުގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ކުޅުދުއްފުށްޓަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ، މި ސަަރަހައްދުތަކުގައި 5ޖީ ސަޕޯޓް ކުރާ ޑިވައިސް ގެންގުޅޭ ދިރާގުގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާޖަކާއި ނުލާ، މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

ދިރާގުން ރާއްޖެއަށް 5ޖީ ތައާރަފްކުރުމާއި އެކު ރާއްޖެ ވެގެން ގޮސްފައިވަނީ ދެކުނު އޭޝިއާގައި މި ހިދުމަތް ލިބިގެން ދިޔަ ފުރަތަމަ ގައުމަަށެވެ.

ދިރާގުން ރާއްޖެއަށް 5ޖީ ދޫކޮށްފައިވަނީ ހުއާވޭއާ ގުޅިގެންނެވެ. އަދި ދިރާގުން ވަނީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 5ޖީ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

5ޖީ ހިދުމަތުގެ ސަބަބުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރު ފަތުރު ކުރުމުގެ ސިސްޓަމް ތަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާއި އެއްފަދަ ތަޖުރިބާ އެއް ލިބިގެން ދާނެއެވެ. 

"ޑިޖިޓަލް ރާއްޖޭގެ" ކެމްޕެއިންގެ ދަށުން ދިރާގުން ދޫކުރަން ފެށި 5ޖީގެ ޙިދުމަތް، 5ޖީ ސަޕޯޓް ކުރާ ހުރިހާ ފޯނު ތަކަކަށް ލިބިގެން ދިޔަ ނަމަވެސް، އެ ޙިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި ދިރާގުގެ އެޕްލިކޭޝަން މެދުވެރިކޮށް "މޮބައިލް ޑޭޓާ" އަށް ދިއުމަށް ފަހު އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.