ސިޔާސީ ބޭނުމެއް ހާސިލުކުރެއްވުމަށް، ރިޓަޔަރމެންޓް ފަންޑު ކަހަލަ މުހިންމު ކަންކަމަށް އިސްލާހު ގެނައުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 އިންސައްތަ އަށް އިތުރުކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، އެބޭފުޅާ ވެސް އެ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ހައްޖަށް ދިއުމަށް ދަތިތަކާއި ކުރިމަތިވެފައި ތިބި ރައްޔިތުންނަށް ހައްލެއް ވެސް ހޯދަ ދޭން ޖެހޭ ކަމަށެވެ. 

މެމްބަރު ޝިޔާމް އިތުރަށް ވިދާޅުވީ، އެ އިސްލާހް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެއް ފުއްދަން ކަމަށާއި، ވައުދެއް ފުއްދަން ގެނައި އިސްލާހަކަށް ވިޔަސް، އެފަދަ ކަންކަމުގައި ވަރަށް ރަނގަޅަށް ދިރާސާކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ، އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށާއި، އެކަހަލަ ބޮޑެތި ބަދަލުތައް ގެންނައިރު، ވަރަށް ބޮޑަށް ދިރާސާކޮށް، ވިސްނާ، އެހެން ގައުމުތަކުގައި އެކަންތައް އޮންނަ ގޮތް ބެލުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.