ޚަބަރު
ކޯޓުގެ ހުރުމަތެއް ނުކަނޑަން، ރައްޔިތުންނަށް މައުލޫމާތު ދިނީ: އިހުސާން

ހޯމް މިނިސްޓްރީގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަލަމުން ދަނިކޮށް އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓަރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވަނީ މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ބަލާފައިވާ ގޮތާއި ހޯދާފައޮވާ ހެކިތައް ނޫސްވެރިންނަށް ހާމަކޮށްފަ އެވެ. އަދި އެ މައްސަލަ ކޯޓުން ނިމުނު ގޮތުގެ ތަފްސީލްވެސް މިނިސްޓަރު ހާމަ ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ މިނިސްޓަރު އިހުސާނާއި ފުލުހުންގެ ފަރާތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފުލުހުން ކޯޓުގެ ހުރިމަތް ކަނޑާފައިވާކަމަށް ބުނެ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލަމުންދާކަމަށް ބުނެފަ އެވެ.

މިނިސްޓަރު އިހުސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޯޓު ތަކަކީ މިނިވަން ވަކި މުއައްސަސާއެއް ކަމަށާއި ފުލުހުންނަކީވެސް މިނިވަން މުއައްސަސާއެއް ކަމަށެވެ. އަދި ކޯޓުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަ އަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

އަޅުގަނޑުމެން އެއްވެސް ހާލެއްގަ ފުލުހުން މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރަނީކީ ކޯޓާ ޗެލެންޖް ކުރާކަށް ނޫން. ފުލުހުންގެ މުއައްސަސާ ދުވަހަކުވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކްރިމިނަލް ކޯޓާއި ހޯމް މިނިސްޓްރީއާއި އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި މިނިސްޓްރީއާ ހަވާލުވީ ފަހުން ކްރިމިނަލް ކޯޓާ އެކު ބައްދަލުވުމެއްވެސް ބާއްވާފައިވާނެ ކަމަށެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top