ސައިކަލަކާއި، ކާރެއްޖެހި ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު ފަހު 13:10 ހާއިރު، ކުޅުދުއްފުށި މަގާންމަގުން ހުޅަނގަށް ދަތުރުކުރި ސައިކަލަކާއި، ގުލްބަކާގޯޅިން އުތުރަށްގޮސް މަގާންމަގަށް ނިކުތް ކާރެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި އޭނާ މިހާރު ވަނީ އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.

މި އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ،

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.