ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ހއ. އިހަވަންދޫ، އަންބަރީގޭ، އަބްދުލްމާނިއު ހުސައިން މިއަދު މެންބަރު ކަމަށް އައްޔަން ކުރައްވައި ފިއެވެ.

ރައީސް އޮފީހުން ބުނީ މާނިއު އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖޭއެސްސީގެ ޤާނޫނުގެ ތިން ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކަމަށެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އަބުދުލްމާނިއު ހުސައިން އައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އޭނާ ވަނީ ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. 

އަދި އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ވެސް މާނިއު އާ ވަނީ ހަވާލު ކުރި އެވެ.

މާނިއު އަކީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރަން ބޭއްވި އިންތިހާބުގައި 199 ވަކީލުންގެ ވޯޓާއި އެކު އެމަގާމު ކަށަވަރުކުރެވި ވަކީލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.