ހދ.ހަނިމާދޫ އާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ހަނިމާދުއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ކުރަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވިއަންއިން ވަމުން އަންނަ ކަމަށެވެ

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، އެ ދަތުރުތަކުގެ ޝެޑިއުލް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

"ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ޝެޑިއުލް އިޢުލާން ކުރެވޭނެ. ކޮޗިންއަށް ސީދާ ދަތުރުތަކެއް މޯލްޑިވިއަން އިން މި ކުރަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިޔާގެ ފަތުރުވެރިންނަށް ރާއްޖެއައުމުގެ ފަސޭހަ ފުރުޞަތުތަކެއް ހޯދައިދޭން" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށްވެސް ކައިރި މުސްތަގުބަލެއްގައ މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.